ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 5 އިޤްތިޞާދުގައި ބިދޭސީ މަސައްކަތް ތެރިންގެ އިތުރު ވަމުންދާ ދައުރު
ދިވެހި އިޤްތިޞާދީ އިންޖީނަށް ބޭނުންވާ ހަކަތައިގެ ބޮޑު މިންވަރެއް މިއަދު ފޯރުކޮށްދެނީ ބިދޭސީންނެވެ. ބޮޑެތި މަސްދޯނި ފަހަރުގައްޔާއި، ކުދި ފަރުމަސް އޮޑިތަކުގައި މަސްބާނައި، ކައްކައި، ހިއްކައި، ވިއްކުމުގެ ބޮޑު ބައެއްގައި ހަރަކާތް ތެރިވަނީ ބިދޭސީންނެވެ. ދިވެހި ދަނޑުތަކުގެ ދިރުން ދަމަހައްޓައި އެތަކެތި ބާޒާރަށް ގެނެސް، ވިއްކަނީ ބިދޭސީންނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަދުވެގެން 65%، ކޮންސްޓްރަކްޝަން ސިނާއަތުގެ…
