Category Uncategorized

ރިޒޯޓު ކުންފުންނީގެ މާލީފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.

ދިވެހި އިޤްތިޞާދު އުފުލަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮނޑުމަތީގައެވެ. ފަތުރުވެރިކަމަށް  ވަރުބަލިކަން އައުމުން، ދިވެހި އިޤްތިޞާދު ކުޑަކަކޫ މައްޗަށް ތިރިވެއެވެ. އެހެންވީއިރު، ރިޒޯޓް ކުންފުނީގެ މާލީ ފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފަހި ގޮތް ކަމުގައި ނުވާންވީ ކިޔެއް ވެގެން ބާވައެވެ؟ ކޮންމެ ވިޔާފާރިއެއް، އެ ވިޔާފާރިއަށް އެންމެ ފައިދާހުރި ގޮތަށް ހިންގުމަށް ދޫކޮށްލުމަށްފަހު،…

މަސް އޮޑިފަހަރުން ސިޔާސީވެރިން ބާލާން ވެއްޖެ

މިއީ ރާއްޖޭގް 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔެ އުދުވަހު، 10 ޑިސެމްބަރ 2023 ގައި ދައުރުނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ވޭތުވެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރުގެ ތެރޭގައި، މަސްވެރިންގެ ވޯޓު ގަތުމުގެ މަޤްޞަދުގައި، އޮޑިއަށް ސިޔާސިން އަރައި، އެކިފަހަރު އެކި އަތަށް ރިޔާލައި، ފަޅު، ފަރުމަތިން ދުއްވާން މަޖުބޫރު ކުރުމުގެ…

Reading the Tea Leaves

thoughts on the Maldivian Economy, post 2023 presidential election This article was originally published on 8th September 2023 at ft.lk Maldivians are voting to select the next President tomorrow, Saturday, 9th September. With the election tightly contested- much tighter than…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -4، މުއްސަނދި ކަމުގެ ތަފާތު ހަނިކުރުމަށް މަސައްކަތް ކުރުން

ބުރަކި ޖައްސާނެ މިންގަނޑުތައް ކަނޑައެޅިފައި ނުވާ ޙާލަތްތަކުގައި، ފައިދާހުރި ވިޔާފާރި ތައް އަމިއްލަ ޒާތުގައި  ބޮޑުވެ، މަހުޖަނުންގެ މުއްސަަނދިކަން އިތުރުވެ، ބާޒާރުގެ މައްޗަށް އަތްގަދަކުރުމަށް މަސައްކަތް ކުރުމަކީ ނުވެ ނުދާނޭ ކަންކަމެވެ. މިއީ ރާއްޖެއަށް އެކަނި ޚާއްޞަވެފައިވާ ‘އުނި’ ކަމެއް ނޫނެވެ. އިޤްތިޞާދީ ތަރައްޤީއަށް ޓަކައި ބޭނުންކުރާ ކެޕިޓަލިސްޓް މޮޑެލް އުފެދުމުގައިވެސް އެކުލެވޭ ތަބަޢީ ސިފަ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -3، ހިނގަމުންދާ ސަރުކާރުގެ ނަފާއަށް ޤައުމުގެ މުއްސަނދިކަމާއި، މާދަމާގެ ޖީލުގެ ތަރިކަ ނީލަން ކިޔުން

ޤުދްރަތުގެ ނިޔާއާއި އެއްގޮތްވާ ގޮތުގެ މަތިން، އަންޒަމާނުއްސުރެ އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރެވިފައިމިވަނީ، މަދު، އެހެނަސް  އަގުބޮޑު ޤުދްރަތީ ވަސީލަތްތަކެއްގެ މައްޗަށެވެ. ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި، މި ދެންނެވި މުއްސަނދި ކަމުން އުފެދޭ އެހެނިހެން އިޤްތިޞާދީ ޙަރަކާތުގެ މައްޗަށެވެ. މިދެންނެވި އަގުބޮޑު ޤުދްރަތީ މުއްސަނދި ކަމުގެ މައްޗަށް ބިނާ ކުރެވުނު އިޤްތިޞާދު، 70ގެ މެދުތެރެއާއި ހަމައަށް…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -2، ދައުލަތުގެ ކިބައިން ލިބިގަންނަ ޚިދުމަތްތަކަކީ ހިލޭ ލިބޭ ތަކެތި ކަމުގައި ދުށުން

‘ނޯ ފްރީ ލަންޗް’ މިއީ އިނގިރޭސި މުޙާވިރާ ބަހެކެވެ. ލިބިގަންނަ ކޮންމެ ޚިދުމަތަކަށް، ކޮންމެވެސް މީހަކު، އަގެއް ދައްކަން ޖެހޭ ކަން ވިސްނައިދިނުމަށް ބޭނުންކުރާ ޖުމްލައެކެވެ. ރައްޓެއްސަކު ބުނެގެން ކޮފީއަކަށް ދިޔުމުން އޭނާ އަތުން ކޮފީގެ އަގާއި ޖީ.އެސް.ޓީ. ނަގާނެއެވެ. ރެސްޓޯރަންޓުގެ ވެރިމީހާ ދޭ ހިލޭ ކެއުމުގެ މެނޫގައި ހިމެނޭ ތަކެއްޗަށް،  ކެއްކި ގޭހަށް، ކާއްކާގެ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -1، ލިބޭ މިންވަރު ދެނެ ނުގަަތުމާއި އެމައްޗަށް ޚަރަދު ބައްޓަން ނުކުރުން

ފިސްކަލް ރެސްޕޮންސިބިލިޓީ އަކީ  އިނގިރޭސި ބަހެކެވެ. ކުރާ ޚަރަދުތަކަށް ޒިންމާވެ، ލިބޭ އާމްދަނީގެ މައްޗަށް ޚަރަދުތައް ބައްޓަން ކުޅައުމުގެ ވިސްނުމެކެވެ. ރާއްޖޭގެ މާޙައުލުގައި މަދުން ނޫނީ އަޑުނީވޭ، ޢަަމަލުން އެއްވެސް މިންވަރަކަށް ނުފެންނަ، ބީރައްޓެހި ވިސްނުމެކެވެ. ކުރިމަގުގައި ހުރި ބޮޑެތި ހުރަސް ތަކުގެ ވާހަކައާއިގެން ހިނގަން ފަށާއިރު، ބިސްމި ކިޔާފައި ގިރާކުރަން ޖެހެނީ  ލިބޭ މިންވަރުގެ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން

ފެށުން ދިވެހި ރައްޔަތުންނާއި ދިވެހި ރާއްޖޭގެ ކުރިމަގާ ބެހޭ މުހިންމު ނިންމުއްތަކެއް ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނޫއެވެ. މިކަަމަށް ތައްޔާރުވެ، ދިވެހިރައްޔަތުންނަށް އެންމެ އުފާވެރި، އެންމެ ހިތްހަމަޖެހޭ ތަސައްވުރެއް ފޯރުކޮށްދޭނީ ތިމާންނޭ އޭ ކިޔާ، އެކި ވަރުގެ ފިހިން ކުރަހާ، ތަފާތު ކުލައިން ކުލަޖައްސަމުން ގެންދާ ހުވަފެނީ މަންޒަރު ތަކެއް ރައްޔަތުންގެ…