ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން

ފެށުން

ދިވެހި ރައްޔަތުންނާއި ދިވެހި ރާއްޖޭގެ ކުރިމަގާ ބެހޭ މުހިންމު ނިންމުއްތަކެއް ކުރިޔަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނޫއެވެ.

މިކަަމަށް ތައްޔާރުވެ، ދިވެހިރައްޔަތުންނަށް އެންމެ އުފާވެރި، އެންމެ ހިތްހަމަޖެހޭ ތަސައްވުރެއް ފޯރުކޮށްދޭނީ ތިމާންނޭ އޭ ކިޔާ، އެކި ވަރުގެ ފިހިން ކުރަހާ، ތަފާތު ކުލައިން ކުލަޖައްސަމުން ގެންދާ ހުވަފެނީ މަންޒަރު ތަކެއް ރައްޔަތުންގެ ކުރިމައްޗަށް ދަނީ ހާމަކުރަމުންނެވެ. އަދި މިފެންނަނީ ބައެއް ފިލްމް ތަކުގެ ހަމައެކަނި އިޝްތިހާރެވެ. މަ އިންމަގަށް ލައްގަޅޭ ބުނެ އަރުވާ ޖަހާނޭ ކިތަންމެ ކަތުންނެއް އިތުރަށް ފާޅުވާނެއެވެ.  

މި ހައްސާސް ދަނޑިވަޅުގައި އަޅުގަނޑު ދަންނަ ބަހުރަވައިން، އާދެ އިޤްތިޞާދީ ބަހުރުވައިން، ޤައުމުގެ ކުރިމަގަށް ހުރި ހުރަސްތަކާ މެދު ވިސްނާ އެކަންކަން ހާމަކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމުގައި ދެކި އެކަމާ ނިޔަތް ގަންފީމުއެވެ. 

ފެށުމުގެ ކުރިން 2 ވާހަކައެއް ދަންނަވަން ބޭނުމެވެ.

ހ- ކުޑައިރުއްސުރެ ވިސްނުން ބައްޓަން ވެފައި ހުރި ގޮތުގެ ސަބަބުން، އަމިއްލަ ދިރިއުޅުމާއި، ޤައުމުގެ ޙާލަތް އަޅުގަނޑަށް ފެންނަނީ އިޤްތިޞާދީ ދުރުމި އަކުންނެވެ. މި ނޫން އަދި ތަފާތު ކިތަންމެ ދުރުމިއަކުން ތަފާތު ބޭފުޅުން ރާއްޖޭގެ ޙާލަތަށް ދުރުމި އަޅުއްވައެވެ. ނަމަވެސް އަޅުގަނޑު ބަލަނީ އަޅުގަނޑު ނުދަންނަ ބަހުރުވައިން މުއާމަލާތް ކޮށް ނޫޅުމަށެވެ. އެހެން ކަމުން މިއީ ޖުމްލަކޮށް އިޤްތިޞާދީ ވިސްނުމަކުން އެކުލަވާ ލެވިފައިވާ ލިސްޓެކެވެ. 

ށ- ފުރިހަމައަށް ޤަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންގެ ކުރިމަގު ހުރަސްކޮށް ހުރީ އެންމެ 7 ނުވަތަ 10 ނުވަތަ ބަޔާޅީސް  ހުރަހެއް ނޫނެވެ. ގުނަކޮށް ގުނާލެވޭ އެތަކެއް ހުރަހެކެވެ.  ނަމަވެސް ލިސްޓެއް އެކުލަވާލުމަށް ގަސްދުކުރުމުން، ކޮންމެވެސް އެއް ބަޔެއް އުނި ނުވެއެއް ނުދާނެއެވެ.

މިގޮތުން، ޤައުމުގެ ކުރިމަގު ހުރަސްކޮށް ހުރި އެންމެ ބޮޑެތި އިޤްތިޞާދީ ގޮންޖެހުން ތައް ކަމުގައި އަޅުގަނޑަށް ފެންނަނީ

  1. ލިބޭ މިންވަރު ދެނެ ނުގަތުމާއި އެމައްޗަށް ޙަރަދު ބައްޓަން ނުކުރުން
  2. ދައުލަތުގެ ކިބައިން ރައްޔަތުން ލިބިގަންނަ ޚިދްމަތްތަކަކީ ހިލޭ ލިބޭ ތަކެތި ކަމުގައި ދުށުން
  3. ހިނގަމުންދާ ސަރުކާރެއްގެ ނަފާއަށް ޤައުމުގެ މުއްސަނދިކަމާއި، މާދަމާގެ ޖީލުގެ ތަރިކަ ނީލަން ކިޔުން
  4. ފުޅާ ވަމުންދާ މުއްސަނދި ކަމުގެ ތަފާތު
  5. އިޤްތިޞާދުގައި ބިދޭސީ މަސައްކަތް ތެރިންގެ އިތުރު ވަމުންދާ ދައުރު
  6. ރަށްފުށުން ރައްޔަތުން ބާލައި މާލޭ ސަރަޙައްދަށް ޖަމަޢު ކުރުން
  7. ތަރައްޤީއާއި ތިމާވެއްޓާއި ދެމެދު ‘ހަމަ’ ހިފަހައްޓަން ނުއެނގުން

މަޤްޞަދަކީ ލިސްޓުކުރެވިފައިވާ ހުރަސް ތަކުގެ މުހިންމުވާ ސަބަބާއި މެދު އަޅުގަނޑު އަމިއްލަ ޚިޔާލު ފާޅުކުރުމުގެ. އެއްވެސް ޙާލަތެއްގައި މިފަދަ މައްސަލަ ތަކަށް ޙައްލުލިބޭނީ ކިހިނަކުން ކަން ބަޔާން ކުރުމަށް މަސައްކަތް ކުރުމަކީ މި ސިލްސިލާގެ މަޤްޞަދެއް ނޫނެވެ.

އެހެނީ، މިއީ އިޤްތިޞާދީ ގޮތުން ބޮޑެތި ޤައުމީ މައްސަލަތައް ކަމުގައި އަޅުގަނޑުގެ އަމިއްލަ ވިސްނުމަށް  ފެންނަ އެންމެ ބޮޑެތި މައްސަލަތަކެވެ. އެހެން ބޭފުޅުންގެ ވިސްނުން ތަފާތު ވުމީ ނުވެނުދާނޭ ކަމެކެވެ. ދެވަނައަށް ޤައުމީ ބޮޑެތި މައްސަލަތަކަށް އޮތް ޙައްލު އެނގޭނީ ތިމާންނާ އަށް އެކަނި ކަމަށް ހީ ކުރުމަކީވެސް ނަފްސާނީ މައްސަލައަކެވެ. މިފަދަ ބޮޑެތި މައްސަލަތަކުގެ ޙައްލު ދެނެގަތުމަށް މަސައްކަތް ކުރުން ރަނގަޅީ ޢިލްމްވެރިންނާއި ތަޖްރިބާކާރުން ހިމެނޭ ގްރޫޕަކުން ކަން އަޅުގަނޑަށް ޤަބޫލު ކުރެވޭތީއެވެ.

  އެކުލަވާލެވިފައިވާ ލިސްޓާއި މެދު ކިޔުންތެރިންގެ ޚިޔާލު ދެނެގަތުމަށް އަޅުގަނޑު ނުހަނު ބޭނުމެވެ.

athifshakoor@outlook.com އަށް ފޮނުއްވާ މެއިލްތައް އަޅުގަނޑު ކިޔާނަމެވެ. ވިސްނާނަމަވެ. އިރާދަ ކުރެއްވިއްޔާ ޖަވާބު ދޭނަމުއެވެ..

     އިރާދަފުޅާއެކު ނިޔަތް ގަނެފައިވަނީ ކުރިޔަށް އޮތް ޖުލައިމަސް ނިމުމުގެ ކުރިން، މި ލިސްޓުގައި ހިމެނޭ ކޮންމެ، ހުރަހަކާއި މެދު ވަކި ލިޔުމެއް، ޖުމްލަ 7 ލިޔުން، ލިޔެ ޝާއިޢު ކުރުމެވެ.

2 Comments

  1. Have been worked in fisheries sector at home and abroad over 43 years. I have witnessed you as managing director of Mifco how hard you have worked to bring economicly viable changes to the company.

    The most important point you mentioned here is that “Ilmuverin naai thajuribaa kaarun” unfortunately we have no thajuribaa kaarun because Ilmuverin knows everything and they don’t listen to thajuribaa kaaru.

    I still remember you have told me in many cases to me “I agree what you are telling me but you should understand that as your not ilm certified I can’t go against these Ilmuverin” anyway you have listened thajuribaa kaarun and make harder for Ilmuverin, all Ilmuverin together expelled you out of Mifco. It’s absolutely necessary to write about these 7 subjects and publish l am very eager to see them.
    Thank you Sir.

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading