Category economy

ފަސޭހައީ ބަޖެޓް ހުށަހަޅައި ފާސްކުރާށެވެ

ހިނގަމުންދާ 2024 ވަނައަހަރަށް ފާސްކުޅަ 49.8 ބިލިއަންގެ ބިޔަ ބަޖެޓު، އޮޔާގޮސްގެން 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް، 24 އޮކްޓޯބަރުގައި ހުށަހަޅުއްވައި، 29 އޮކްޓޯބަރގައި ފަސޭހަކަމާއެކު މިއަދު ފާސްކުރައްވައިފިއެވެ. ވޭތުވެ ދިޔަ 3 އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ތަކެކޭވެސް އެއްފަދައިން، 2024ގެ ސަޕްލިމެންޓަރީ ބަޖެޓުވެސް ފާސްކުރެއްވީ، ފުން ދިރާސާއަށްފަހު ސަރުކާރުން ހުށަހެޅުއްވިގޮތަށް، އަކުރަކަށް ފިއްޔަކަށް…

ސާފު ޤާނޫނީ ހުއްޖަތެެއް ނެތި، މިއީ ގަވަރުނަރު ވަކިކުރުން މުނާސަބު ވަގުތެއްނޫން

މާލީ އުދަރެސް ބަނަވުމުގެ ސަބަބުން، އެތަކެއް އަހަރުތަކެއް ވަންދެން ނާޅައި ހުރި ފިޔަވަޅު ތަކެއް އެޅުމުގެ ވާހަކަ ފެށުމާއި ގުޅިގެން، މިއަދަކީ ރައްޔަތުން ކަންބޮޑުވެފައިވާ ދުވަސްކޮޅެކެވެ. މިޙާލަތުގައި އެމް.އެމެ.އެޭ،ގެ ގަވަރުނަރު ވަކި ކުރުމަކީ މާލީ އުދަރެސް އިތުރަށް ބަނަވެ، ދިވެހި ރައްޔަތުންނާއި ބޭރު އިދާރާތަކުގެ މެދުގައި ރާއްޖޭގެ މާލީ ޙާލަތާއި މެދު އިތުރަށް ކަންބޮޑުވުން އުފެދޭނެ…

މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު

މި ލިޔުން ވަނީ 27 ޖޫން 2024 ގައި މިހާރު ނޫހުގައި ޝާއިޢު ކޮށްފައި. އުދަރެސް ބަނަވެ، ވިލާ ބޯވަމުން އަންނަތަން އެންމެންވެސް ދުށީމުއެވެ. ގަދަ ވަޔާއިއެކު ދަތުރު ކުރާ ކެރިގަނޑެއް ނޫންކަމުން، ހަނދުއަރައި، ދިޔަވަރު ފޫދެން ޖަހަންދެން ވިލާގަނޑު ހިފަހައްޓައިފައި ހުރީއެވެ. ނަމަވެސް، ވަޔާއި، ކެރި ބޯމަތިވެ، ޤައުމީ އޮޑި މިއަދު މިވަނީ ކޮޅިގަނޑުގައި…

މިފްކޯ އުވާލުމަކީ ހައްލެއް ނޫނެވެ

މިލިޔުން ވަނީ 03 ޖެނުއަރީ 2021 ގައި މިހާރު ނޫހުގައި ޝާއިޢު ކޮށްފައެވެ. މިފްކޯގެ ހަރަކާތް ތަކާއި އެކުންފުނީގެ ކުރިމަގާއި، ޖުމްލަކޮށް ދިވެހި މަސްވެރިކަމުގެ މުސްތަގްބަލާއި މެދު ވާހަކަތަކެއް ދެކެވެމުންދާ މިދުވަސްތަކުގައި، މިހިސާބަށް އާދެވުނީ ކިހިނަކުންކަން އެނގުން މުހިންމެވެ. ފަހެ ދަތުރުކޮށް އައި މަގު އެނގި ދަސްވުމަށްފަހު މެނުވީ ކުރިމަގުގައި ސަމުގާ ބަހައްޓަންވީ މިސްރާބު ކަނޑައަޅާކަށް…

މަސް އޮޑިފަހަރުން ސިޔާސީވެރިން ބާލާން ވެއްޖެ

އިއްޔެ މާލޭ ފަޅުތަރޭގައި މުޒާހަރާ ކުރަމުން ދިޔަ މަސްވެރިންގެ އަޑުއަހަން ބަނދަރު މަތީ ހުރިއިރު އަޅުގަނޑުގެ ހިތަށް އަރަމުން ދިޔައީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް،  10 ޑިސެމްބަރ 2023 ގައި ދައުރު ނޫހުގައި އަޅުގަނޑު ޝާޢިޢު ކުޅަ ލިޔުމާ ބެހޭ ގޮތުންނެވެ.   މި ދެންނެވި ލިޔުމުގެ ދެތިން ޕްރެގްރާފް ތިރީގައި ނަކަލު ކޮށްލާނަމެވެ.…

އިޤްތިޞާދީ އޮޑި ފުޅައިފަށުން ބީވިޔަ ނުދިނުމުގެ މަސައްކަތް ފަށަން ޖެހިފައިވަނީ އިއްޔޭން ފެށިގެން

މިއީ 15 މާރިޗް 2024 ގައި ‘މިހާރު’ ނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ޤައުމުގެ އިޤްތިޞާދީ ޙާލަތު ވަނީ ނާޒުކު ފައްތަރެއްގައި ކަމަށް ދެބަސްވާނޭ ފަރާތެއް މިއަދަކު ނެތެވެ. ވިސްނުން ދެކަފިވަނީ ޒިންމާ ނަގާނީ ކާކުކަން ކަނޑައަޅަން ޖެހޭ ހިސާބުންނެވެ.ހ. އިއްޔެއޮކްޓޮބަރ 2023 ގައި ވާރލްޑްބޭންކުން ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން ނެރުނު ރިޕޯޓަށް ކިޔަނީ ‘ބެޓަން…

ރިޒޯޓު ކުންފުންނީގެ މާލީފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.

ދިވެހި އިޤްތިޞާދު އުފުލަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮނޑުމަތީގައެވެ. ފަތުރުވެރިކަމަށް  ވަރުބަލިކަން އައުމުން، ދިވެހި އިޤްތިޞާދު ކުޑަކަކޫ މައްޗަށް ތިރިވެއެވެ. އެހެންވީއިރު، ރިޒޯޓް ކުންފުނީގެ މާލީ ފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފަހި ގޮތް ކަމުގައި ނުވާންވީ ކިޔެއް ވެގެން ބާވައެވެ؟ ކޮންމެ ވިޔާފާރިއެއް، އެ ވިޔާފާރިއަށް އެންމެ ފައިދާހުރި ގޮތަށް ހިންގުމަށް ދޫކޮށްލުމަށްފަހު،…

ކުރިޔަށް އޮތް 2024 ގައި ދައުލަތުގެ މާލީ ޙާލަތު ވަކި ރަނގަޅު ކުރެވޭނެ ކަމަަކަށް ނުފެނޭ

ދައުލަތުގެ މާލީ ޙާލަތު ވަނީ ހީކަރުވާ، ރަޖާއަޅާ ޙާލުގައި ކަމާއި، އަވަސް ފަރުވާ ނުދެވިއްޖެ ނަމަ، ބަލި ޙާލުބޮޑުވެ، އަށިގަނޑަކަށް ލާން ޖެހިދާނޭ ކަމުގެ ބަނދީގެ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކެމްޕޭނުގެ ތެރޭގައި ސިޔާސީ ބޮޑެތި އެންމެންމެ، ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ރީ ފައިނޭންސް ކުރުމުގެ ވާހަކަތައް ދައްކަމުން ގެންދިޔައީ ފަރިތަކަމާއި އިތުބާރާ އެކުގައި،…