Minivan kamaaeku budget dhiraasaa kuraa dhaulathuge idhaaraa eh gaaimu kurumuge muhinmukan

ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި، ސަރުކާރުން ތައްޔާރުކުރާ ބަޖެޓް ދިރާސާ ކޮށް، މިނިވަން ރައުޔެއް، އެ ޤައުމެއްގެ ޤާނުނުހަދާ މަޖިލިސްއަށާއި ރައްޔަތުންނަށް، ފޯރުކޮށްދޭ އިދާރާއެއް ސަރުކާރާ ވަކިން، ޤާއިމުކޮށްފައި ހުރެއެވެ.

އެހެން ގައުމުތަކުގެ މިނިވަން ބަޖެޓް އޮފީސް

މިނިވަން ކަމާއެކު ގައުމުގެ ބަޖެޓް ދިރާސާކޮށް، ޢާންމު ކުރުމުގެ މައި މަޤްސަދުގައި މިނިވަން ބަޖެޓް އޮފީހެއް  ފުރަތަމަ ގާއިމުކުރެވިފައި ވަނީ 1945 ގައި އުފެދުނު ‘ނެދަރލެންޑް ބިޔުރޯ އޮފް އިކޮނޮމިކް އެންޑް ޕޮލިސީ އެނެލިސިސް’ އެވެ. އޭގެ ފަހުން މިނިވަން ބަޖެޓް އޮފީސްތައް އިތުރުވެެގެން ދިޔުމުގެ ތެރޭގައި  1974 ގައި ގާއިމު ކުރެވުނު ‘ޔޫ.އެސް ކޮންގްރެޝަނަލް ބަޖެޓް އޮފީސް’ އަދި 2010 ގައި ޤާއިމު ކުރެވުނު އިނގިރޭސި ވިލާތުގެ ‘އޮފިސް ފޮރ ބަޖެޓް ރެސްޕޮންސިބިލިޓީ’ އާއި އެކު، ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގައި މިހާރު މިނިވަން ބަޖެޓު އޮފީސް ވަނީ ގާއިމު ކުރެވިފައެވެ.

އިނގިރޭސި ވިލާތުގެ ‘އޮފިސް ފޮރ ބަޖެޓް ރެސްޕޮންސިބިލިޓީ’ގެ ވެބްސައިޓް ބުނާ ގޮތުގައި (What we do – Office for Budget Responsibility (obr.uk)) އެ އިދާރާ އުފެދުނީ މިނިވަން ކަމާއި އޮދޯރިޓީ އާއި އެކު ޤައުމުގެ ޕަބްލިކް ފައިނޭންސްގެ މައްސަލަތައް ދިރާސާ ކޮށް ޢާންމުކުރާށެވެ.

 … to provide independent and authoritative analysis of the UK’s public finances

މިއަދުގެ ސިޔާސީ މަސްރަޙު

ސިޔާސީ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތު ވުމަކީ މިނިވަން ޑިމޮކްރަސީތަކުގައި ނުވެ ނުދާނެ ކަންކަމެވެ. އެއް ފިކުރަކުން ތާއީދުކުރާ ސިޔާސަތެ އަނެއްބަޔަކު ނަފީ ކުރަމުން ގެންދާއިރު، އަންޒަމާނުގައި ސިޔާސީ ފަރާތްތަކަށް ރައްޔަތުން ކުރި އިތުބާރު މިހާރު ވަނީ ގެއްލިފައެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގެވެސް ޙާލަތެވެ.

މިނިވަން ބަޖެޓް އޮފީހަކީ ބަޖެޓާ ބެހޭ ގޮތުން މިނިވަންކަން މަތީ ބަސްބުނާ ދައުލަތުގެ އިދާރާއެކެވެ. މިއިދާރާގެ ރައުޔަކީ، ހަމައެކަނި ސަރުކާރާ ދެކޮޅަށް ބޭނުންކުރާނޭ ހަތިޔާރެއް ކަމުގައި ދެކޭކަށް ނުވާނެއެވެ. ސަރުކާރުގެ ބަޖެޓަށް ޢާންމުންގެ އިތުބާރު ހޯދުމަށް މިނިވަން ބަޖެޓް އޮފީހުގެ ރައުޔު ސަރުކާރުތަކުން ހޯދައެވެ. އަދި ޢާންމު ކުރެއެވެ.

އިނގިރޭސިވިލާތުގެ މިއަދުގެ ބޮޑު ވަޒީރު، 23 ސެޕްޓެމަބަރ ގައި އިޢުލާނު ކުރި މިނި-ބަޖެޓުގެ ސަބަބުން އިނގިރޭސި ރުފިޔާގެ އަގު މިފަހުން ނުވެއްޓޭ ދަރަޖައަކަށް ވެއްޓި، މާލީ ދަތިތަކާއި ކުރިމަތިވެ، ބޭންކް އޮފް އިންގްލެންޑުން މާލީ ބާޒާރަށް ‘އަތް ބާނަން’ މަޖުބޫރު ކުރުވިއެވެ.  ނަތީޖާއެއްގެ ގޮތުން 40 ވުމުގެ ކުރިން އޭރުގެ ޗާންސެލަރ މަގާމުން ވަކިކޮށް، ޖެރެމީ ހަންޓް މަގާމަށް އައްޔަނު ކުރިއެވެ.

އިނގިރޭސި މާލީ ބާޒާރުގެ ނުތަނަވަސް ކަން ފިލުވުމަށްޓަކައި ޓްެެްރަސްގެ މިނީ-ބަޖެޓްގެ ނަން ފިޔަވައި ހުރިހާ އަސާސްތަކަށް ބަދަލު ގެނަައުމުގެ ސަބަބުން އިނގިރޭސި މާލީ ބާޒާރަށް މިހާރު ވަނީ ހިމޭންކަން ގެނެވިފައެވެ. ޗާންސެލަރކަމަށް  އަލަށް އައްޔަނު ކުރެވުނު ހަންޓް ވިދާޅުވި އެންމެ މުހިންމު އެއް ވާހަކައަކީ ‘ކުރީ ސަރުކާރުން’ އިނގިރޭސި އޮފިސް އޮފް ބަޖެޓް ރެސްޕޮންސިބިލިޓީގެ ރައުޔެއް ނެތި މިނީ-ބަޖެޓު އިޢުލާނު ކުރުމަކީ ހެދުނު ގޯހެއް ކަމެވެ. އަދި އަލަށް އެކުލަވާލާ މިނި-ބަޖެޓް 31 އޮކްޓޯބަރ ގައި އިޢުލާން ކުރާނީ އޮފިސް އޮފް ބަޖެޓް ރެސްޕޮންސިބިލިޓީގެ ރައުޔު ހޯދުމަށް ފަހުކަމެވެ. އެހެންކަމުން ސަރުކާރުތަކުން އެކުލަވާލާ ބަޖެޓަށް، އިތުބާރު ހޯދުމަށް މިނިވަން ބަޖެޓް އޮފީހަށް ސަރުކާރުތަކުންވެސް ބަރޯސާވެއެވެ.

މިއަހަރު އެމެރިކާގެ ކޮންގްރެސްގައި ބަހުސް ކުރި ‘މަންޗިން-ޝޫމަރ އިންފްލޭޝަން ރިޑަކްޝަން އެކްޓް’ގެ  ބަހުސްގެ މަރުހަލާގައި ކޮންގްރެސްގެ ބަޖެޓް އޮފީހުގެ ރައުުޔު ހޯދުނެވެ. 8 އެޕްރީލްގައި ޔޫ.އެސް. ސެނެޓުގެ ބަޖެޓް ކޮމިޓީއިން ޢިޢުލާނު ކުރި ގޮތުން އެ ބިލު  އެވަގުތު އެކުލަވާ ލެވިފައިވާ ގޮތުން، އިންފްލޭޝަން ދަށް ކުރުމަށް އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ނުލިބޭނެއެވެ. އެބިލް ކޮންގްރެސް އިން ފާސްކޮށް އޮގަސްޓް 16 ގައި ތަންފީޒް ކުރެވުނީ، ބިލް އެކުލަވާ ލެވިފައިވާ ގޮތަށް ބޮޑެތި އިސްލާޙު ތަކެއް ގެނައުމަށް ފަހުގައެވެ. އެހެންކަމުން، މަޖިލިސްގެ ތަޅުމުގައި ބަހުސް ކުރެވެމުންދާ ބިލްތަައް އިސްލާޙު ކޮށް ހަރުދަނާ ކުރުމަށް އެމެރިކަން ކޮންގްރެސްގައިވެސް، މިނިވަން ބަޖެޓް އޮފީހުގެ ބޭނުން ހިފައެވެ.  

Leave a Reply

Discover more from athifshakoor.com

Subscribe now to keep reading and get access to the full archive.

Continue reading