ކުރިއަށް އޮތް 2023 އަށް ހުށަހަޅާފައިވާ 42 ބިލިއަން ރުފިޔާގެ ބަޖެޓަކީ ހުރަސްތައް ގިނަ ބަޖެޓެކެވެ. މި ހުރަސްތައް ބަޖެޓު ފޮތުގެ 70 – 108 ގައި ‘ފިސްކަލް ހިރާސްތަކުގެ ބަޔާން’ މި ނަމުގައި ވަނީ ތަފްސީލުވެސް ކޮށްދީފައެވެ. ހަވާސާ އަކު ނޫނެވެ.
ބަޖެޓުގައި އެކުލެވޭ ފިސްކަލް ހިރާސްތައް ފާހަގަ ކޮށް، އެކި ހިރާސްތައް ‘ދިމާވުމުގެ ފުރުސަތު ހުރި މިންވަރު’ އަދި ‘ކުރާނޭ އަސަރު’ އަނގައިދޭ ގްރާފިކް ޗާރޓެއް ބަޖެޓު ކަރުދާސްތަކުގައި ވަނީ ހިމަނާފައެވެ. 3 ކުލައަކުން ކޯޑް ކޮށްފައިވާ މިޗާޓުގައި، ހިރާސް ކުރިމަތިވުމުގެ ފުރުސަތާއި ހިރާސް ދިމާވުމުން ކުރާނޭ އަސަރު ‘ކުޑަ’ ކަންތައްތައް ފެހި ކުލައިން، ‘މެދު’ މިނުގެ ކަންކަން އޮރެންޖު ކުލައިން، އަދި ‘ބޮޑު’ ކަންތައް ރަތް ކުލައިން ކުލަ ޖައްސައި، ފަސޭހަ ކޮށްދީފައި ވެއެވެ.
މި ލިޔުމުގައި ބަލާލާނީ، ރަތް ކުލައިން ފާހަގަ ކޮށްފައިވާ އެތަކެއް ހިރާސްތަކުގެ ތެރެއިން ބައެއް އަނދަވަޅު ތަކުގެ މައްޗަށެވެ.

- އިގްތިސާދީ ލޮޅުންތަކާއި ސްޓެގްފްލޭޝަން
2008/2009 ގައި ދުނިޔެއަށް ކުރިމަތިވި ރިސެޝަނުގައި ދިވެހި ޖީ.ޑީ.ޕީ. 7 ޕަސެންޓަށް ވުރެ ފުންކޮށް އަޑިއަށް ދިޔަވާހަކަ ބަޖެޓް ކަރުދާސްތަކުގައި ލިޔެފައިވާ ނަމަވެސް 2023 ގައި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ލޮޅުންތަކުގެ އަސަރު ބަޖެޓަށް ކުރާނޭ މިންވަރު ކުޑަ ވާނޭ ކަމުގައި ދެކި ވަނީ ފެހި ކުލަ ޖައްސާފައެވެ.
އެހެނަސް ސްޓެގްފެލޭޝަން ކުރިމަތިވުން ގާތް ކަމާއި އެކަމުގެ ނޭދެވޭ އަސަރު ބޮޑު ވާނޭ ކަމަށް މިވަނީ ޑަބަލް ރަތް ކުލައިން ބަޖެޓުގައި ފާހަގަ ކޮށްފައި ވެއެވެ. (ސްޓެގްފްލޭޝަނަކީ އިންފްލޭޝަން މަތިވެ، އިގްތިސާދީ ދުވެލި ދަށްވެ، އަންއެމްޕްލޯއިމަންޓް އިތުރުވާ، ސަލާމާތްވާން އުނދަގޫ އިގްތިސާދީ ހީނަރު ކަމެކެވެ.)
ކުރިޔަށް އޮތް 2023 އަށް ފޯރކާސްޓް ކުރާ ރިސެޝަނާއި މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ އަސަރު މައްސުނިވާނެ ކަމަށް ބެލެވޭއިރު ތަކެތީގެ އަގެ އުފުލި، ސްޓެގްފްލޭޝަނާއި އެކު ދުނިޔޭގެ އިގްތިސާދަށް ރިސެޝަނެއް އަތުވެއްޖެނަމަ، އިމްޕޯރޓަށް ބަރޯސާވެ، ފަތުރުވެރި ކަމުގެ ސިނާއަތުގެ މޯހިރުގައި ދުއްވާ އަޅުގަނޑުމެންގެ މި އިގްތިސާދަށް، އަދި ބަޖެޓަށް، ބޮޑެތި ނޭދޭވޭ އަސަރު ތަކެއް ނުކުރާނޭ ކަމަށް ގަބޫލު ކުރަން އުނދަގުލެވެ.


[…] ބަޖެޓު ނޫންކަމާއި، ތަންފީޒް ނުކުރެވޭނޭ ކަމުގައި ލިޔުނީމެވެ. އަހަރުނިމުނީ 3 ބިލިއަން ރުފިޔާގެ ޑެފިސިޓް އިތުރަށް […]