athifshakoor

athifshakoor

ރިޒޯޓު ކުންފުންނީގެ މާލީފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.

ދިވެހި އިޤްތިޞާދު އުފުލަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ކޮނޑުމަތީގައެވެ. ފަތުރުވެރިކަމަށް  ވަރުބަލިކަން އައުމުން، ދިވެހި އިޤްތިޞާދު ކުޑަކަކޫ މައްޗަށް ތިރިވެއެވެ. އެހެންވީއިރު، ރިޒޯޓް ކުންފުނީގެ މާލީ ފައިދާ އެންމެ ބޮޑު ގޮތަކީ ޤައުމަށް އެންމެ ފަހި ގޮތް ކަމުގައި ނުވާންވީ ކިޔެއް ވެގެން ބާވައެވެ؟ ކޮންމެ ވިޔާފާރިއެއް، އެ ވިޔާފާރިއަށް އެންމެ ފައިދާހުރި ގޮތަށް ހިންގުމަށް ދޫކޮށްލުމަށްފަހު،…

މަސް އޮޑިފަހަރުން ސިޔާސީވެރިން ބާލާން ވެއްޖެ

މިއީ ރާއްޖޭގް 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ލިޔެ އުދުވަހު، 10 ޑިސެމްބަރ 2023 ގައި ދައުރުނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ވޭތުވެ ދިޔަ ދޮޅަހަކަށް ވުރެ ގިނަ އަހަރުގެ ތެރޭގައި، މަސްވެރިންގެ ވޯޓު ގަތުމުގެ މަޤްޞަދުގައި، އޮޑިއަށް ސިޔާސިން އަރައި، އެކިފަހަރު އެކި އަތަށް ރިޔާލައި، ފަޅު، ފަރުމަތިން ދުއްވާން މަޖުބޫރު ކުރުމުގެ…

ކުރިޔަށް އޮތް 2024 ގައި ދައުލަތުގެ މާލީ ޙާލަތު ވަކި ރަނގަޅު ކުރެވޭނެ ކަމަަކަށް ނުފެނޭ

ދައުލަތުގެ މާލީ ޙާލަތު ވަނީ ހީކަރުވާ، ރަޖާއަޅާ ޙާލުގައި ކަމާއި، އަވަސް ފަރުވާ ނުދެވިއްޖެ ނަމަ، ބަލި ޙާލުބޮޑުވެ، އަށިގަނޑަކަށް ލާން ޖެހިދާނޭ ކަމުގެ ބަނދީގެ އަޑު އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ކެމްޕޭނުގެ ތެރޭގައި ސިޔާސީ ބޮޑެތި އެންމެންމެ، ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ރީ ފައިނޭންސް ކުރުމުގެ ވާހަކަތައް ދައްކަމުން ގެންދިޔައީ ފަރިތަކަމާއި އިތުބާރާ އެކުގައި،…

Reading the Tea Leaves

thoughts on the Maldivian Economy, post 2023 presidential election This article was originally published on 8th September 2023 at ft.lk Maldivians are voting to select the next President tomorrow, Saturday, 9th September. With the election tightly contested- much tighter than…

ރިޔާސީ އިންތިޙާބާއި އިޤްތިޞާދީ ޅޮސް އުނދޯލި

ރިޔާސީ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ޤަބޫލުކުރާ ގޮތުގައި ރައްޔަތުން ޅޮސް އުނދޯއްޔަށް އެރުވުމަކީ ދާދި ފަސޭހަ ކަމެކެވެ. އަނެކާއަށް ވުރެ ތިމާގެ ވަޢުދު ގޯނި ބަރުވާނޭ ކަމަށް ބުނުމުން ނިމުނީއެވެ.  މިކަމުގެ ހެކި ލިޔުމުން ފެންނާން އެބަހުއްޓެވެ. މިފަހަރުގެ ތަފާތު އަހަރުތަކެއް ކުރިން ފެށިގެންވެސް، ސިޔާސީ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ރައްޔަތުންނަށް މުހިންމީ ވަޢުދުގޯނީގެ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 6، ރަށްރަށުގެ ރައްޔަތުން މާލޭ ސަރަޙައްދަށް ޖަމަޢު ކުރުން

ރަށްރަށުން މީހުން ބާލައި މާލޭ ސަރަޙައްދަށް ޖަމަޢު ކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. މާލޭ ސަރަޙައްދަށް މީހުން ޖަމަޢު ކުރެވޭ ދުވެލީގެ އިސްޕީޑު ކުރިމަގުގައި ދާނީ ހަލުއިވަމުންނެވެ.  މިއަދުގެ ޙަޤީޤަތް ވާތުވެދިޔަ 2022 ވަނައަހަރުގެ ބޯހިމެނުމުގައި މުޅި ރާއްޖޭގައި ތިބީ 382،751 ދިވެހިންނެވެ. މި އަދަދުގެ 42%  ކަމުގައިވާ 161،108 މީހުން ތިބީ މާލޭގައެވެ. އޭގެ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން – 5   އިޤްތިޞާދުގައި ބިދޭސީ މަސައްކަތް ތެރިންގެ އިތުރު ވަމުންދާ ދައުރު

ދިވެހި އިޤްތިޞާދީ އިންޖީނަށް ބޭނުންވާ ހަކަތައިގެ ބޮޑު މިންވަރެއް މިއަދު ފޯރުކޮށްދެނީ ބިދޭސީންނެވެ.  ބޮޑެތި މަސްދޯނި ފަހަރުގައްޔާއި، ކުދި ފަރުމަސް އޮޑިތަކުގައި މަސްބާނައި، ކައްކައި، ހިއްކައި، ވިއްކުމުގެ ބޮޑު ބައެއްގައި ހަރަކާތް ތެރިވަނީ ބިދޭސީންނެވެ. ދިވެހި ދަނޑުތަކުގެ ދިރުން ދަމަހައްޓައި އެތަކެތި ބާޒާރަށް ގެނެސް، ވިއްކަނީ ބިދޭސީންނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ މަދުވެގެން 65%، ކޮންސްޓްރަކްޝަން ސިނާއަތުގެ…

ކުރިމަގު ހުރަސްކޮށް ހުރި ބޮޑެތި 7 އިޤްތިޞާދީ ގޮންޖެހުން -4، މުއްސަނދި ކަމުގެ ތަފާތު ހަނިކުރުމަށް މަސައްކަތް ކުރުން

ބުރަކި ޖައްސާނެ މިންގަނޑުތައް ކަނޑައެޅިފައި ނުވާ ޙާލަތްތަކުގައި، ފައިދާހުރި ވިޔާފާރި ތައް އަމިއްލަ ޒާތުގައި  ބޮޑުވެ، މަހުޖަނުންގެ މުއްސަަނދިކަން އިތުރުވެ، ބާޒާރުގެ މައްޗަށް އަތްގަދަކުރުމަށް މަސައްކަތް ކުރުމަކީ ނުވެ ނުދާނޭ ކަންކަމެވެ. މިއީ ރާއްޖެއަށް އެކަނި ޚާއްޞަވެފައިވާ ‘އުނި’ ކަމެއް ނޫނެވެ. އިޤްތިޞާދީ ތަރައްޤީއަށް ޓަކައި ބޭނުންކުރާ ކެޕިޓަލިސްޓް މޮޑެލް އުފެދުމުގައިވެސް އެކުލެވޭ ތަބަޢީ ސިފަ…